Thanks to visit codestin.com
Credit goes to raajje.mv

Advertisement
ކ. މާލެ
|
19 އޮކްޓޯބަރ 2025 | އާދީއްތަ 06:41
ރާއްޖޭގެ ސީނިއާ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ސީނިއާ ޤައުމީ ފުޓުބޯޅަ ޓީމު
ނިޝާން އަލީ / މިހާރު
ފީފާ
ފީފާ ރޭންކިންގައި ރާއްޖެ އަށް ދެ ދަރަޖައިގެ ވެއްޓުމެއް
ހުކުރު ދުވަހު ފީފާ އިން އާންމު ކުރި ރޭންކިންގައި ރާއްޖެ އޮތީ 173 ވަނައިގަ އެވެ. މީގެ ކުރީ ރޭންކިންގައި ރާއްޖެ އޮތީ 171 ވަނައިގަ އެވެ. އެހެންކަމުން، މި ފަހަރުގެ ރޭންކިންގައި ރާއްޖެ މި ވަނީ ދެ ދަރަޖަ ފަހަތަށް ގޮސްފަ އެވެ. ރޭންކިންގައި ރާއްޖެ އަށް ލިބިފައި ވަނީ 955 ޕޮއިންޓެވެ.

ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އިން އާންމު ކުރާ ރޭންކިންގައި، ރާއްޖެ ދެ ދަރަޖަ ފަހަތަށް ގޮސްފި އެވެ.

ހުކުރު ދުވަހު ފީފާ އިން އާންމު ކުރި ރޭންކިންގައި ރާއްޖެ އޮތީ 173 ވަނައިގަ އެވެ. މީގެ ކުރީ ރޭންކިންގައި ރާއްޖެ އޮތީ 171 ވަނައިގަ އެވެ. އެހެންކަމުން، މި ފަހަރުގެ ރޭންކިންގައި ރާއްޖެ މި ވަނީ ދެ ދަރަޖަ ފަހަތަށް ގޮސްފަ އެވެ. ރޭންކިންގައި ރާއްޖެ އަށް ލިބިފައި ވަނީ 955 ޕޮއިންޓެވެ.

ރޭންކިންގައި ރާއްޖެ ފަހަތަށް ގޮސްފައިވާއިރު، އެންމެ ފަހުން ރާއްޖެ އިން ކުޅުނު ދެ މެޗުން ވެސް ވަނީ ބަލިވެފަ އެވެ. އެއީ އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ތަޖަކިސްތާނާ ދެކޮޅަށް ކުޅުނު ދެ މެޗުންނެވެ. ތަޖަކިސްތާންގައި ކުޅުނު ފުރަތަމަ މެޗުގައި ރާއްޖެ 2-0 އިން ބަލިވެފައިވާއިރު، ރާއްޖޭގައި ކުޅުނު ދެ ވަނަ މެޗުން ބަލިވެފައި ވަނީ 3-0 އިންނެވެ.

ފީފާ ރޭންކިންގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރާއްޖެ އޮތީ 162 ވަނައިގަ އެވެ. އޭގެ ފަހުން އާންމު ކުރާ ކޮންމެ ރޭންކިން އެއް ގައި ރާއްޖެ ދަނީ ފަހަތަށެވެ. މިއަހަރުގެ އޭޕްރީލް މަހު ރޭންކިން ގައި ރާއްޖެ އޮތީ 164 ވަނައިގަ އެވެ. ޖުލައި މަހު ރާއްޖެ ވަނީ ރޭންކިންގެ 171 ވަނަ އަށް ވެއްޓިފަ އެވެ. އޭގެ ފަހުން ސެޕްޓެމްބަރު މަހު ވެސް ރާއްޖެ އޮތީ 171 ވަނައިގަ އެވެ.

ސާކް ޤައުމު ތަކުގެ ރޭންކިން އަށް ބަލާއިރު، އެއް ވަނައިގައި އޮތީ އިންޑިއާ އެވެ. ރޭންކިންގައި އިންޑިއާ 136 ވަނައިގައި އޮތްއިރު، މިއީ ކުރީ ފަހަރާ ބަލާއިރު ދެ ދަރަޖައިގެ ދަށްވުމެކެވެ. މީގެ ކުރިން އިންޑިއާ އޮތީ ރޭންކިންގެ 134 ވަނައިގަ އެވެ.

ސާކް ސަރަހައްދުގެ ދެ ވަނައިގައި ރާއްޖެ އޮތްއިރު، ރޭންކިންގެ 180 ވަނައިގައި އޮތް ނޭޕާލް އޮތީ ތިން ވަނައިގަ އެވެ. ނޭޕާލް އަށް މިއީ ހަތަރު ދަރަޖައިގެ ދަށްވުކެވެ. ބަންގްލަދޭޝް އޮތީ ރޭންކިންގެ 183 ވަަނައިގަ އެވެ. ބަންގްލަދޭޝް އިން ވަނީ ރޭންކިންގައި އެއް ދަރަޖައިގެ ކުރިއެރުމެއް ހޯދައިފަ އެވެ.

ރޭންކިންގެ 189 ވަނައިގައި ބޫޓާން އޮތްއިރު، މިއީ ތިން ދަރަޖައިގެ ވެއްޓުމެކެވެ. ސްރީ ލަންކާ އަށް ރޭންކިންގެ 193 ވަނަ ލިބޭއިރު، މިއީ ހަތަރު ދަރަޖައިގެ ކުރިއެރުމެކެވެ. މީގެ ކުރިން ލަންކާ އޮތީ 197 ވަނައިގަ އެވެ. ޕާކިސްތާނަށް ރޭންކިންގެ 198 ވަނަ ލިބޭއިރު، އެ ޤައުމުން ވެސް ވަނީ އެއް ދަރަޖައިގެ ކުރިއެރުމެއް ހޯދައިފަ އެވެ.

- ކޮމެންޓް