Thanks to visit codestin.com
Credit goes to raajje.mv

Advertisement
ކ. މާލެ
|
19 އޮކްޓޯބަރ 2025 | އާދީއްތަ 12:45
މެޗުގައި ލަނޑު ޖެހުމަށް ފަހު އާސެނަލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށް ފަހު އާސެނަލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ރޮއިޓަރސް
އިނގިރޭސި ޕްރިމިއާ ލީގު
ފުލަމް އަތުން މޮޅުވެ އާސެނަލް އިން ލީޑު ނަގައިފި
މެޗަށް ފަހު ވާހަކަ ދައްކަމުން އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފައި ވަނީ، ފުލަމްގެ ދަނޑުގައި ކުޅުނު މެޗުން މޮޅުވާން އާސެނަލް އޮތީ ކޮންމެހެން ވެސް ބޭނުންވެފައި ކަމަށެވެ. މެޗަށް ނިކުތީ ވެސް މާޒީގައި އޮތް ކަންތައް ބަދަލު ކުރަން ކަމަށާއި، އެ ވިސްނުމުގައި ކުޅުމުން ވަރުގަދަ ޓީމުތަކާ ދެކޮޅަށް ވެސް ކާމިޔާބު ހޯދޭ ކަމަށް އާޓެޓާ ބުންޏެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ފުލަމްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އާސެނަލް އިން ލީގު ތާވަލްގެ އެއް ވަނައިގައި ލީޑު ނަގައިފި އެވެ.

ފުލަމްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އާސެނަލް އިން ކާމިޔާބު ކުރީ 1-0 އިންނެވެ. މެޗުގައި އާސެނަލް އިން އެ ޓީމުގެ ހަމައެކަނި ލަނޑު ޖެހީ ވެސް މެޗުގެ ދެ ވަނަ ހާފުގަ އެވެ.

މެޗުގެ ދެ ވަނަ ހާފު ފަށައިގެން ކުރީ ކޮޅު އާސެނަލް އިން ލަނޑު ޖަހައި ލީޑު ނެގި އެވެ. އެގޮތުން މެޗުގެ 58 ވަނަ މިނެޓުގައި އާސެނަލް އަށް ލީޑު ނަގައިދިނީ ލިއާންޑްރޯ ޓްރޮސާޑް އެވެ. އެއީ ގަބްރިއަލް މަގާޅައެސް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފައި ވަނީ، ފުލަމްގެ ދަނޑުގައި ކުޅުނު މެޗުން މޮޅުވާން އާސެނަލް އޮތީ ކޮންމެހެން ވެސް ބޭނުންވެފައި ކަމަށެވެ. މެޗަށް ނިކުތީ ވެސް މާޒީގައި އޮތް ކަންތައް ބަދަލު ކުރަން ކަމަށާއި، އެ ވިސްނުމުގައި ކުޅުމުން ވަރުގަދަ ޓީމުތަކާ ދެކޮޅަށް ވެސް ކާމިޔާބު ހޯދޭ ކަމަށް އާޓެޓާ ބުންޏެވެ.

ފުލަމް އާ ދެކޮޅަށް ކުޅެން އުނދަގޫކަން ފާހަގަކޮށް އާޓެޓާ ބުނީ، މެޗުގެ ފުރަތަމަ 10 މިނެޓާއި 15 މިނެޓުގައި އެކަން ފެނުނު ކަމަށެވެ. އަދި އާސެނަލް އަށް މެޗުގެ ތެރެއަށް ރަނގަޅަށް ވަންނަން ވަގުތު ކޮޅެއް ނެގި ކަމަށާއި، އޭގެ ފަހުން ޓީމުގެ ކުޅުން ފެނުނީ ރަނގަޅަށް ކަމަށް ވެސް އޭނާ ބުންޏެވެ.

އާޓެޓާ ބުނީ އަބަދު ވެސް އިދިކޮޅަށް ކުޅޭ ޓީމާ މެދު ވިސްނަން ޖެހޭނެ ކަމަށާއި، އެކި ފަހަރު އެކި ޓީމު ތަކުގެ ކުޅުން ވަރަށް ބޮޑަށް ތަފާތު ވާނެ ކަމަށެވެ. އެގޮތުން ފުލަމްއާ ދެކޮޅަށް ކުޅުނު ކުޅުމާއި، ދެން ކުރިއަށް އޮތް އެތުލެޓިކޯ މެޑްރިޑު މެޗުގައި ކުޅެން ޖެހޭ ކުޅުން ތަފާތު ވާނެ ކަމަށް އޭނާ ބުންޏެވެ. އެހެންކަމުން މެޗުތަކަށް ނިކުންނަން ޖެހޭނީ އެކަން ކަމަށް ވަރަށް ބޮޑަށް ވިސްނައިގެން ކަމަށް އޭނާ ބުންޏެވެ.

އިތުރަށް އާޓެޓާ ބުނެފައި ވަނީ އޭނާ އަކީ މާޒީ ބަލަން ބޭނުންވާ މީހެއް ނޫން ކަމަށެވެ. މާޒީގައި ވެފައިވާ ކަންތައްތައް އެހީ ކުރީގެ ކަންތައްތަކެއް ކަމަށާއި، އަބަދު ވެސް މަސައްކަތް ކުރާނީ ކުރިއަށް ދާން ކަމަށް އޭނާ ބުންޏެވެ. އެކަން ފާހަގަކޮށް އާޓެޓާ ބުނީ އާސެނަލްގެ ކުޅުންތެރިންނަކީ ވެސް އެ ވިސްނުމުގައި ތިބި ކުޅުންތެރިން ތަކެއް ކަަމަށާއި، ޓީމާ އެކު ކުރިއަށް ދާން އެންމެން ވެސް ބޭނުންވާ ކަމަށެވެ.

ފުލަމް އަތުން ހޯދި މޮޅާ އެކު އާސެނަލް އެއް ވަަނައިގައި އޮތީ މިހާތަނަށް ކުޅެފައިވާ އަށް މެޗުން 19 ޕޮއިންޓާ އެކު އެވެ. ލީގުގައި ލިވަޕޫލް އިން މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗުން އެ ޓީމު މޮޅުވި ނަމަވެސް، އާސެނަލް އަށް އެއް ވަަނައިގައި ޕޮއިންޓެއްގެ ލީޑު އޮންނާނެ އެވެ.

- ކޮމެންޓް